ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.
މަޤާމު: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
3 (މ. މުލި 1) (ލ. ގަން 1) (ގއ. ވިލިނގިލި 1) |
މުސާރަ: |
(މަހަކު) -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމު އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި އަދި ޔުނީފޯމު އެލަވަންސަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި، ޝިފްޓް ޑިއުޓީ އެލަވަންސާއި، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ޢާންމުކޮށް މަސައްކަތް ކުރަންޖޭ ތަން. |
ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުޠު:
|
|
ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން. |
މަޤާމު: |
ފަޅުވެރި |
ބޭނުންވާ ރަށް |
މ. މުލި |
ބޭނުންވާ އަދަދު: |
2 |
މުސާރަ: |
(މަހަކު) -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/1500 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު 1562/75 ރުފިޔާގެ އިތުރުން ޔުނީފޯމު އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި އަދި ޔުނީފޯމު އެލަވަންސަށް މުޅިޖުމްލަ މަހަކު 7627/75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި، ޝިފްޓް ޑިއުޓީ އެލަވަންސާއި، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އާންމުކޮށް މަސައްކަތް ކުރަންޖޭ ތަން: |
ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުޠު:
|
އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން. |
އިތުރު މަޢުލޫމާތު: |
މި މަޤާމުތަކުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 2 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. |
06 ރަމަޟާން 1436