ބީލަން
ނަންބަރު: (IUL)341-ADMN/341/2024/60
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 14 ނޮވެންބަރު 2024 12:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އުކުޅަހު ޑްރީމްލޭންޑް ގޯތީގެ ދެކުނުން ވަށާމަގުގެ ދެކުނުކޮޅުން ފެށިގެން ގްރީންގޯޅި އާއި ދޭތެރޭ 6 (ހައެއް) ޖޫސް ބަރ ހަދައި ހިންގުމަށް 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށްދޭ ޕްލޮޓް – A, B, C, D, E, F ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރި ނަންބަރު (IUL)341-ADMN/341/2024/43 އިއުލާން (13 އޮގަސްޓް 2024) ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން

  1. ޕްލޮޓް A އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ޑްރީމްލޭންޑް ގޯތީގެ ދެކުނުން ވަށާމަގުގެ ދެކުނުކޮޅުން ހުޅަނގު ފަރާތު ބީޗަށް ކުރިމަތިކޮށެވެ. 
  2. ޕްލޮޓް B އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ވަށާމަގުގެ ބުރިކޮށްލިމަގާއި ދިމާލުން ހުޅަނގު ފަރާތުން ބީޗަށް ކުރިމަތިކޮށެވެ. 
  3. ޕްލޮޓް C އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ވަށާމަގުގެ ރަށްދެބައިމަގާއި ދިމާލުން ހުޅަނގު ފަރާތު ބީޗަށް ކުރިމަތިކޮށެވެ.
  4. ޕްލޮޓް D އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ވަށާމަގުގެ ނިކަގަސްމަގާއި ދިމާލުން ހުޅަނގު ފަރާތު ބީޗަށް ކުރިމަތިކޮށެވެ.
  5. ޕްލޮޓް E އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ވަށާމަގުގެ ގްރީންގޯޅިއާއި ދިމާލުން ހުޅަނގު ފަރާތު ބީޗަށް ކުރިމަތިކޮށެވެ.
  6.  ޕްލޮޓް F އަކީ 300 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ވަށާމަގުގެ ހަވީރީހިނގުން ގޯޅީގެ ހުޅަނގު ފަރާތު ބީޗަށް ކުރިމަތިކޮށެވެ.

ޕްލޮޓް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

6 (ހައެއް) އަހަރު ދުވަސް

ޕްލޮޓްގެ ކުލި

ހުށަހެޅޭނެ އެންމެ ދަށް އަގަކީ ކޮންމެ ޕްލޮޓްއަކަށް މަދުވެގެން 2000 (ދެހާސް) ރުފިޔާއެވެ.

ބިޑްފޮތް ވިއްކުން

މި ޕްލޮޓްތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 31 އޮކްޓޫބަރު 2024 އިން 14 ނޮވެންބަރު 2024 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއިންނެވެ.

ޕްލޮޓް ތަކަށް ބިޑް ފޮތް ވިއްކާނީ ވަކި ވަކިންނެވެ. އަދި ކޮންމެ ޕްލޮޓް އަކަށްވެސް ބިޑް ހުށަހެޅޭނީ އެ ޕްލޮޓެއްގެ ބިޑް ފޮތް ގަތް ފަރާތްތަކަށެވެ.   އަދި ބިޑް ހުށަހަޅާއިރު، ކޮންމެ ފަރާތަކަށް ވެސް ބިޑު ކުރެވޭނީ ކޮންމެވެސް އެއް ޕްލޮޓަކަށެވެ. އެއްވެސް ފަރާތަކަށް އެއް ޕްލޮޓަށްވުރެ ގިނަ ޕްލޮޓަކަށް ބިޑެއްނުކުރެވޭނެއެވެ.  

ބިޑްފޮތް ވިއްކާ އަގު

ބިޑްފޮތެއްގެ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ) އެވެ. މި ކައުންސިލްގެ ނަންބަރު: (IUL)341-ADMN/341/2024/43 (13 އޮގަސްޓް 2024)  އާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދިލައްވާ އިރު މި ފީ ދައްކާކަށް ނުޖެހޭނެއެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 25 ނޮވެންބަރު 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް  ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި

ތާރީޚު: 26 ނޮވެންބަރު 2024

ގަޑި: 11:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުޅުވާ ތާރީޚު އަދި ގަޑި

ތާރީޚު: 26 ނޮވެންބަރު 2024

ގަޑި: 11:00

ބިޑް ހުޅުވާ ތަން

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

ބިޑް ހުށަހެޅުމަށް ބިޑް ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 24 ނޮވެންބަރު 2024 ދުވަހުގެ 10:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

31 އޮކްޓޫބަރު 2024