ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/8
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 04 ނޮވެންބަރު 2024 00:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ކާށިދޫގެ ޓީމް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން 2025 ވަނަ އަހަރު ބާއްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ފުޓްސަލް މުބާރާތުގައި ކާށިދޫ ކައުންސިލްގެ ފަރާތުން ބައިވެރިކޮށްފައިވާ ޓީމުގެ އެންމެހާ ކަންކަން ކައުންސިލްގެ އިދާރާއިން ދޭ އިރުޝާދާ އެއްގޮތަށް މެނޭޖްކޮށްދިނުމުގެ މަސައްކަތް ވޮލަންޓަރީކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މި މަސައްކަތަށް ކުރިމަތިލެވޭނީ ކާށިދޫއަށް ނިސްބަތްވާ (ކާށިދޫގެ އެޑްރެސްތަކުގައި ރަޖިސްޓްރީކޮށްފައިވާ) ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ތަނެއްގެ ނަމުގައެވެ.

      ވީމާ ވޮލަންޓަރީކޮށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

31 އޮކްޓޫބަރު 2024