ކުއްޔަށް ދިނުން
ނަންބަރު: (IUL)383-ESD/383/2024/179
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 ނޮވެންބަރު 2024 13:15
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ސްކޫލް ގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެތެރެއިން 06 ނަންބަރު ފިހާރަ ކުއްޔަށް ދިނުމާއިބެހޭ

މިއިދާރާގެ ނަންބަރު: (IUL)383-ESD/383/2024/162 (20 އޮކްޓޫބަރު 2024) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވީ 2 ފަރާތުން ކަމަށްވާތީވެ، އެއިޢުލާން ބާޠިލްކޮށް ކުރީގެ ސްކޫލްގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެ ތެރެއިން 06 ނަންބަރު ފިހާރައަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ފިހާރަ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

07 ނޮވެންބަރު 2024

13:15

ބުރާސްފަތި

ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

17 ނޮވެންބަރު 2024

13:15

ބުރާސްފަތި

ކައުންސިލްގެ އިދާރާ

 

މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަނީ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

31 އޮކްޓޫބަރު 2024