މަސައްކަތް
ނަންބަރު: (IUL)281-ESMS/INDIV/2024/11
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި:
24 ނޮވެންބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ށ.ކޮމަންޑޫގައި އެކަމަޑޭޝަން ބްލޮކް އިމާރާތްކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ށ. ކޮމަންޑޫގައި އެކަމަޑޭޝަން ބްލޮކް އިމާރާތްކުރުން )
- މިރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކަމަޑޭޝަން ބްލޮކް އިމާރާތް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 8.00 އިން މެންދުރުފަހު 2.00 އަށް މިއިދާރައިގެ ފޯންނަންބަރ 6540027 އާއި ގުޅުއްވައި ބިޑް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީޚަކީ 07 ނޮވެމްބަރ 2024 ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00 އެވެ. އަދި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީ ސްލިޕް ލިބުމުންނެވެ.
- މި ބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.
- ބީލަމާއިގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 17 ނޮވެމްބަރ 2024 އާދީއްތަ ދުވަހުގެ 1.00 ގައި ށ ކޮމަންޑޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1.00 ގައި މިއިދާރައިގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެބޭރުގައި ހުށަހަޅާފަރާތުގެނަމާއި އިޢުލާން / ޕްރޮޖެކްޓްގެ ނަންބަރާއި ކޮންކަމަކަށްކަން ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭތަކެތީގެ ތަފްޞީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
28 ރަބީޢުލްއާޚިރު 1446
31 އޮކްޓޫބަރު 2024