ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MS/1/2024/141
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 07 ނޮވެންބަރު 2024 14:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ކެންޓީނުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1-      މި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ކެންޓީނުގެ ޙިދުމަތް ދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކަމަށް ކުރިމަތިލާ ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ 2024 އިން  07 ނޮވެމްބަރ 2024 ށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް:  https://forms.gle/7HJPLJjxwA1WYddq6

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ނޮވެމްބަރ  2024 ވަނަ ދުވަހުގެ 14:00  ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

6-  މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3322457.3324691

އީ-މެއިލް:  [email protected]

31 އޮކްޓޫބަރު 2024