ދިވެހިރާއްޖެ
މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހކ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލެވެ. |
(ހ) |
1. |
ތަޢާރަފާއި ނަން |
|
މި އުޞޫލަށް ކިޔާނީ "މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު ދޫކުރުމާއި، ފީނެގުމާއި ބެހޭ އުޞޫލު" އެވެ. |
(ށ) |
|
|
|
|
|
|
|
|
މި އުޞޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު، އާންމު ބޭނުންތަކަށާއި ސަރުކާރުގެ އިދާރާތަކާއި، ސިޔާސީ ޕާޓީތަކާއި، ކުންފުނިތަކަށް އަދި ޖަމުޢިއްޔާތަކަށް މި ވެހިކަލްތަކުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި، ވެހިކަލްތައް އުޞޫލެއްގެ ތެރެއިން ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޤްސަދުގައި، އޭދަފުށީ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު ކުއްޔަށް ދޫކުރުމާއި، ފީނެގުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމަށް ތައްޔާރުކޮށްފައިވާ އުޞޫލެކެވެ. |
(ހ) |
2. |
މަޤްޞަދު |
|
|
|
|
||
އެކްސްކަވޭޓަރ |
(ހ) |
3. |
ވެހިކަލް ދޫކުރާ އަގުތައް |
|
40 ފޫޓުން ދަށުގެ އުޅަނދުފަހަރު އެހެލާ ބޭލުމުގެ އަގު: އުޅަނދެއް ގަޑިއަކު 500.00 (ފަސް ސަތޭކަ ރުފިޔާ) |
1. |
|
|
|
40 ފޫޓުން މަތީގެ އުޅަނދުފަހަރު އެހެލާ ބޭލުމުގެ އަގު: އުޅަނދެއް ގަޑިއަކު 700.00 (ހަތް ސަތޭކަ ރުފިޔާ) |
2. |
|
|
|
އިމާރާތްތައް ތެޅުމުގެ އަގު: ގަޑިއަކު 800.00 (އައްސަތޭކަ ރުފިޔާ) |
3. |
|
|
|
އެހެނިހެން ބޭނުންތަކަށް: ގަޑިއަކު 500.00 (ފަސްސަތޭކަ ރުފިޔާ) |
4. |
|
|
|
ހައިޑްރޯލިކް ހަރުގަނޑު |
(ށ) |
|
|
|
އާންމު ފަރުދުންނަށް ގަޑި އިރަކަށް -/200 (ދުއިސައްތަ ރުފިޔާ) |
|
|
|
|
ވިޔަފާރި/ ކުންފުނި/ މުއައްސަސާ/ ސިޔާސީ ޕާޓީ/ ޖަމުޢިއްޔާތަކަށް ގަޑި އިރަކަށް -/300 (ތިންސަތޭކަ ރުފިޔާ) |
|
|
|
|
ގެދޮރު މަރާމާތުކުރުމާއި އަދި ކުލަލުމުގެ މަސައްކަތްފަދަ މަސައްކަތްތައް ކުރުމަށް ހައިޑްރޯލިކް ހަރުގަނޑު ބޭނުންކުރާނަމަ ކުރަންވާނީ ހަރުގަނޑު އެއްކޮށް ކަވަރުކޮށްގެންނެވެ. |
(ނ) |
|
|
|
މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތްތައް ކުރަނީ ހައިޑްރޯލިކް ހަރުގަނޑު ކަވަރުކޮށްގެންކަން ހަރުގަނޑު ކުއްޔަށް ހިފާ ފަރާތް އަދި ޑްރައިވަރު ކަށަވަރުކުރަންވާނެއެވެ. |
(ރ) |
|
|
|
|
|
|
|
|
ވެހިކަލް ކުއްޔަށް ދޫކުރެވޭނީ މި އުޞޫލުގެ ޖަދުވަލް 1 ގައިވާ "އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުމުންނެވެ. |
(ހ) |
4. |
ވެހިކަލް ކުއްޔަށް ދޫކުރުން |
|
ވެހިކަލް ކުއްޔަށް ހިފުމަށް އެދޭ ފޯމު ކައުންސިލުން ކަނޑައަޅާ އީމެއިލް އެޑްރެސްއަކަށް ހުށަހެޅިދާނެއެވެ. |
(ށ) |
|
|
|
ވެހިކަލް ކުއްޔަށް ދޫކުރިކަމުގައި ބެލެވޭނީ ވެހިކަލް ކުށްޔަށް ހިފުމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު ކައުންސިލުން ލިޔުމުން ހުއްދަ ދިނުމުންނެވެ. |
(ނ) |
|
|
|
ވެހިކަލް ކުއްޔަށް ހިފުމަށް ފޯމު ހުށަހަޅާ ފަރާތްތަކަށް އެމަސައްކަތެއް ނިމުމުން ބިލް ކުރެވޭނެއެވެ. އަދި ބިލް ފޮނުވާތާ 7 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ބިލް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް -/100 (އެއްސަތޭކަ ރުފިޔާ) ޖޫރިމަނާގެ ގޮތުގައި ނެގޭނެއެވެ. |
(ރ) |
|
|
|
ކައުންސިލުން އެއްވެސް ހިދުމަތެއް ހޯދުމަށްފަހު އެ ހިދުމަތައްވާ ފައިސާ ކައުންސިލަށް އަދާކޮށްފައި ނުވާ ފަރާތެއް މި އުޞޫލުގެ ދަށުން ވެހިކަލް ކުއްޔަށް ހިފުމަށް އެދުނު ކަމުގައިވިޔަސް އެފަރާތަކަށް ވެހިކަލް ކުއްޔަށްދެވޭނީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ. |
(ބ) |
|
|
|
|
|
|
|
|
އެކްސްކަވޭޓަރ އަދި ހައިޑްރޯލިކް ހަރުގަނޑު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 1 (އެކެއް) ގަޑިއިރަށެވެ. އަދި 01 ގަޑިއިރު ނިމުމުގެ ކުރިން އެމަސައްކަތެއް ނިމުނުކަމުގައިވީ ނަމަވެސް 01 ގަޑިއިރަށް ބިލް ކުރެވޭނެއެވެ. |
(ހ) |
5. |
ވެހިކަލް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް |
|
އަމިއްލަ ފަރާތަކުން ވެހިކަލް ކުއްޔަށް ނަގާނަމަ ކުރަންވާނީ، އެމީހެއްގެ އަމިއްލަ މަސައްކަތެވެ. އެއްވެސް ކުންފުންޔަކަށް، ޖަމުޢިއްޔާއަކަށް، ސިޔާސީ ޕާޓީއަކަށް، މުއައްސަސާއަކަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް މަސައްކަތް ކޮށްދިނުމަކީ މަނާކަމެކެވެ. |
(ށ) |
|
|
|
ވެހިކަލް ކުށްޔަށް ހިފާ ފަރާތުން ފޯމުގައި ބަޔާންކޮށްފައިވާ މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ކޮށްގެންނުވާނެއެވެ. |
(ނ) |
|
|
|
ވެހިކަލް ކުއްޔަށް ނަގައިގެން ކުރާ އެއްވެސް މަސައްކަތަކުން މީހެއްގެ ނުވަތަ މުއައްސަސާ/ ޖަމުޢިއްޔާ ކުންފުންޔެއްގެ މުދަލަކަށް ގެއްލުންވެއްޖެނަމަ އެ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގާނީ ވެހިކަލް ކުއްޔަށް ހިފާ ފަރާތުންނެވެ. ނަމަވެސް ކައުންސިލް ވެހިކަލްގެ ޑްރައިވަރުގެ އިހުމާލުން ލިބޭ ގެއްލުމުގެ ޒިންމާ ވެހިކަލް ކުއްޔަށް ހިފިފަރާތުން ނަގާކަށް ނުޖެހޭނެއެވެ. |
(ރ) |
|
|
|
|
|
|
|
|
ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކުރުން މަނާކޮށްފައިވާ އެއްވެސް މަސައްކަތެއް ވެހިކަލް ކުއްޔަށް ހިފައިގެން ކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ މަސައްކަތެއް ކޮށްގެން ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ކުއްޔަށްހިފާ ފަރާތުންނަވެ. |
6. |
ވެހިކަލް ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް |
||
|
|
|
|
|
ވެހިކަލް ކުއްޔަށްހިފާ ފަރާތުން ވެހިކަލުން ކުރާ މަސައްކަތެއްގެ ސަބަބުން އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް ހޯދުމަކީ ވެހިކަލް ކުއްޔަށް ހިފާފަރާތުގެ ޒިންމާއެކެވެ. |
7. |
ހުއްދަ ހޯދުން |
||
|
|
|
|
|
މި އުޞޫލާއި ޚިލާފަށް ނުވަތަ މި އުޞޫލުގައި ކުރުން މަނާ އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެ ހިނދެއްގައި އެމަސައްކަތް ހުއްޓުވައި، ވެހިކަލް ކުއްޔަށް ހިފި ފަރާތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ -/3،000 (ތިންސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ތަކުރާރުކޮށްފިނަމަ -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންދެއެވެ. |
8. |
ޖޫރިމަނާ |
||
|
|
|
|
|
މި އުޞޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ކައުންސިލްގެ އާންމު ބައްދަލުވުމަކުންނެވެ. |
10. |
އުޞޫލުގައި ނެތްކަމެއް ދިމާވުން |
||
މި އުޞޫލު ތަންފީޒުކުރާނީ މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ކައުންސިލްގެ އިދާރާއިންނެވެ. |
11. |
ތަންފީޒުކުރުން |
||
|
|
|
|
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
(ހ) |
12. |
ޢަމަލުކުރަންފެށުން |
|
މި އުޞޫލަށް ޢަމަލުކުރާ ދުވަހުން ފެށިގެން 13 އޮކްޓޫބަރު 2022 ވަނަ ދުވަހު ކައުންސިލްގެ 04 ވަނަ ދައުރުގެ 69 ވަނަ އާންމު ޖަލްސާއިން ފާސްކޮށްގެން މިހާރު ޢަމަލު ކުރަމުންދާ "އޭދަފުށީ ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހައިމާކު ކުއްޔަށް ދޫކުރުމުގެ އުޞޫލު" ބާޠިލްވާނެއެވެ. |
(ށ) |
|
|
|
|
|
|
|
|
މި އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވަނީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ. |
13. |
އުޞޫލަށް ބަދަލުގެނައުން |