މަސައްކަތް
ނަންބަރު: (IUL)407-CA407/407/2024/56
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 12 ނޮވެންބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލި ޕާކް ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ

މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިއު އާއި އެއްގޮތަށް ޕާކް ކޮންސެޕްޓްގެ ފޭސް އެކެއްގައި ހިމެނޭ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

               މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]   އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"  ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  

އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:

 

ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 31 އޮކްޓޯބަރ 2024 އިން ފެށިގެން 12 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

މައުލޫމާތު ދިނުން: 13 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00

ބީލަން ހުށަހެޅުން: 21 ނޮވެމްބަރ 2024 ދުވަހުގެ 11:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް  ގުޅުއްވުން އެދެމެވެ.

 

31 އޮކްޓޫބަރު 2024