ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)222-DSA/222/2024/7
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 12 ނޮވެންބަރު 2024 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ނަޞްރުގެ ދުވަހާއި ޖުމްހޫރީދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، ގދ.ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި، އުތީމުގަނޑުވަރު ބަންދުކުރުން.

2024 ނޮވެންބަރު 03 (ނަޞްރުގެ ދުވަސް) އާއި 2024 ނޮވެންބަރު 11 (ޖުމްހޫރީ ދުވަސް)، މި ދެ ދުވަހު އުތީމުގަނޑުވަރާއި، ޤައުމީ ދާރުލްއާސާރާއި، ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ. 

އިސްވެ ދެންނެވި ދުވަސްތައް ފިޔަވައި އުތީމުގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:30 ން މެންދުރު 13:30 އަށެވެ. ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރު ބަންދުވާނެއެވެ. އެހެންނަމަވެސް، ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅުއްވާފައިވާ 2024 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހު 08:00 ން 14:00 އަށް އުތީމުގަނޑުވަރު ހުޅުވިފައި ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ދުވަހު އުތީމުގަނޑުވަރަށް ޒިޔާރަތް ކުރުމަށް ޓިކެޓު ވިއްކާނީ 08:30 ން 13:30 އަށެވެ.

ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 16:00 އަށެވެ. ޓިކެޓު ވިއްކާނީ 10:15 ން 15:30 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.

ގދ.ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:30 ން މެންދުރު 13:30 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.

31 އޮކްޓޫބަރު 2024