ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD /434/2015/30
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 08 ޖުލައި 2015 13:30
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1/ އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ޖީ. އެސް 3)

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ (ކޮމިއުނިޓީ ސަރވިސް ސެންޓަރ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެންޓަރުގެ ދުވަހުގެ ޔައުމިއްޔާ އަދި އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑުތައް ބެލެހެއްޓުން.
  3. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓުއަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން އަދި އެރިޕޯޓުތައް ޑްރަގް ކޯޓަށް ފޮނުވުން.
  4. ކްލައިންޓުންގެ ޔޫރިން ނެގުމުގެ ޝެޑިއުލް ހަދައި އެކަމުގެ އިންތިޒާމުކުރުން.
  5. ޔޫރިން ނަގަން އަންނަ ކްލައިންޓުންނާއި ކްލާސްތަކަށް ހާޒިރުވާ ކްލައިންޓުންގެ އެޓެންޑެންސް ނެގުން އަދި އެޓެންޑެންސް ފައިލްކޮށް ބެލެހެއްޓުން.
  6. ސެކްޝަނަށް ބޭނުންވާ ތަކެތި ގަވާއިދުން ހޯދުން.
  7. ކްލައިންޓުންނަށް ތައްޔާރުކުރަންޖެހޭ އެންގުންތަކާއި ނަސޭހަތް ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ކްލައިންޓުންނާ ހަވާލުކުރުން.
  8. ކްލައިންޓުންގެ ރިޕޯޓުތައް ނިންމާ ޓްރީޓްމަންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  9. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  10. ކްލައިންޓުންނަށް އަންގަންޖެހޭ އެންގުންތައް އަންގައި، ހާޒިރުނުވާ ކްލައިންޓުންގެ ބެލެނިވެރިންނަށް ގުޅުން، ބައްދަލުކުރުވުން އަދި ކްލައިންޓުންނާއި ބެލެނިވެރިންނަށް އަންގައި ސޮއިކުރުވުން.
  11. މުރާޖާޢާ ކޮމިޓީއަށް ހުށަހަޅާ ފައިލްތައް ޗެކްކުރުމާއި އެއަށް ބޭނުންވާ ލިޔެކިޔުންތައް ހަމަތޯ ބަލައި އެބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  12. މުރާޖާޢާ ނިންމައި ލިޔުންތައް ޑްރަގް ކޯޓަށް ފޮނުވުމަށް ލީގަލް ސެކްޝަނާ ހަވާލުކުރުން.
  13. ކޮމިއުނިޓީ ސެންޓަރަށް ފަރުވާއަށް އަންނަ ކްލައިންޓުންގެ ލިސްޓު އަޕްޑޭޓްކުރުމާއި، ކައުންސެލަރުންނަށް ކްލައިންޓުން އެލޮކޭޓްކުރުމުގެ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1/ އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  (ޖީ. އެސް 3)

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ (ޕްރިވެންޝަން ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް (ލައިފް ސްކިލްސް އަދި ސެންސިޓައިޒޭޝަން ވާރކްޝޮޕް) ރާވައި ހިންގުން.
  2. ޕްރިވެންޝަން ލީފްލެޓްތައް ތައްޔާރުކުރުން.
  3. ހިލޭސާބަހަށް ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން މިއެޖެންސީއާ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ރާވައި ހިންގުން.
  4. މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކޮށް ހޭލުންތެރިކުރުމުގެ ގޮތުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި މިއެޖެންސީއާ ގުޅިގެން ހިންގޭ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.
  6. މީޑިއާއާ ގުޅިގެން މުޖްތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހިންގޭ އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.
  7. "ޑްރަގް ފްރީ ވާރކްޕްލޭސް" ގެ ދަށުން ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައް ރާވައި ހިންގުން.
  8. ކޮންމެ އަހަރެއް ފެށޭ ހިސާބުގައި "ޕްރިވެންޝަން އެކްޓިވިޓީ ކަލަންޑަރު" ތައްޔާރުކުރުން އަދި މީގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ބަޖެޓް ހެދުން.
  9. ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންސެޕްޓް ޕޭޕަރ ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1/ އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  (ޖީ. އެސް 3)

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ، ކ. ހިންމަފުށި (ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މުވައްޒަފުންގެ ހާޒިރީތައް ބެލެހެއްޓުން. 
  • މުވައްޒަފުންގެ ފައިލްތަކަށް ލާންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީ ރިޕޯޓުތައް ތައްޔާރު ކުރުން. 
  • ޗުއްޓީ ޗިޓް ތައްޔާރު ކުރުން.
  • އޮފީހަށް ލިބޭ ލިޔުންތައް އެންޓްރީކޮށް ހަވާލު ކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  • މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓްކޮށް މުސާރަ ހެދުމުގައި އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
  • ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  • މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

08 ޖުލައި 2015 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

24 ޖޫން 2015