ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317/317/2024/78
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 14 ނޮވެންބަރު 2024 11:20
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނުގައި ޕިކްނިކް ބީޗެއް ޤާއިމްކުރުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނުގައި ޕިކްނިކް ބީޗް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލްގެ އީމެއިލް  [email protected] އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށްދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިބީލަމާއިގުޅޭ ހުރިހާ ލިޔެކިޔުންތަށް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 07 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
  • ބީލަން ހުށަހެޅުން: 14 ނޮވެމްބަރ 2024 ދުވަހުގެ 11:20 ގައި ބ.ދޮންފަނު ކައުންސިލް އިދާރާގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

30 އޮކްޓޫބަރު 2024