ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2015/141
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 23 ޖުލައި 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމް

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް  

ބޭނުންވާ އަދަދު

-

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކްލް އޮފިސަރ ގްރޭޑް 1

ރޭންކް:MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ލެބޯރެޓަރީ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު ގަބޫލުކުރައްވާ އިންސްޓްޓިއުޓެއްގައި، މެޑިކަލް ލެބޯރެޓަރީ ދާއިރާއިން އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯރޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އެދޭ ރަށެއްގައި ހުސްމަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ، ދެވަނައަށާއި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން)  ހުށަހެޅުން އެދެމެވެ. އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.  

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މި  މަޤާމުތަކަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ވަޒީފާ  އަދާކުރުމަށް  ބޭނުންވާ  ރަށެއް  އެނގޭނެހެން، 2015 ޖުލައި 23  ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން (އިޢުލާނަށް ހަވާލާދީފައި) މިމިނިސްޓްރީއަށް ސިޓީއަކުން  ހުށަހެޅުން އެދެމެވެ. 

2. މިވަޒީފާއަށްއެދި ހުށަހަޅާއިރު، ލިބިފައިވާ ނާރސިންގ ސެޓްފިކެޓާއި، ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަނާއި، މުއްދަތު ހަމަނުވާ ލައިސަންސް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުލިބޭނަމަ، ސެޓްފިކެޓް އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން) ހުށަހެޅުން އެދެމެވެ. މިކަންކަން ފުރިހަމަނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

4. އެއްރަށުން އަނެއްރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

- އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ، އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.

- އިންޓަވިޔު އޮންނާނީ، ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒުގައި 2015 އޮގަސްޓުމަހުގެ ތެރޭގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3014400 އެވެ.

8 ރަމަޟާން 1436

25 ޖޫން 2015