ބީލަން
ނަންބަރު: (IUL)425-A2/1/2024/340
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 14 ނޮވެންބަރު 2024 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރާ ފަންނީ މީހުން ބޭނުންކުރާ އާލާތްތައް (ޓޫލްސް) އާއި މިސްކިތްތަކަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކުރުމާ ގުޅޭ، (2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރާ ފަންނީ މީހުން ބޭނުންކުރާ އާލާތްތައް (ޓޫލްސް) އާއި މިސްކިތްތަކަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/294 (26 ސެޕްޓެމްބަރ 2024) އިޢުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 އޮކްޓޫބަރު 2024