ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)362/362/2024/34
އިޢުލާނު
މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގެ އިންފާރު ރޭނުމާއިގުޅޭ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު " މަސްޖިދުއް ނަހުޟާ " މިސްކިތުގެ ދެކުނުފަރާތު އިންފާރާއި އެފާރުންފެށިގެން ހުޅަގުފަރާތު ދޮރާހިސާބަށް އަދި އިރުދެކުނުފަރާތު ދޮރާހިސާބަށް ހިމެނޭބައި ޖުމްލަ ބޮޑުމިން (663.5 އަކަފޫޓު) ތަޅައި އުކާލުމަށްފަހު އަމިއްލަ ތަކެތީގައި ރާނާ، ސިމެންތިޖަހާ ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީ ވެވޭނީ 6720602 ނަންބަރު ފޯނައްގުޅައިގެން ނުވަތަ މިއިދާރާގެ [email protected] އަށް އީމެއިލް ކޮށްގެންނެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކުން މެއިލް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީހިސާބު ހުށަހަޅަން ރަޖިސްޓްރީ ވުމާއި އަންދާސީހިސާބު ހުށަހެޅޭނެ ސުންގަޑި ތިރީގައިމިވަނީއެވެ.
އަންދާސީހިސާބު ހުށަހަޅަން ރަޖިސްޓްރީ ވުން |
އަންދާސީހިސާބު ހުށަހެޅުން |
14 ނޮވެމްބަރު 2024 ދުވަހު 13:00 |
21 ނޮވެމްބަރު 2024 ދުވަހު 10:00 |
މިއިޢުލާނާގުޅިގެން ޕްރީބިޑު މީޓިންގއެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ކަނޑައެޅިފައިވާ ވަގުތުގައި މިއިދާރާއަށް ހާޒިރުވެ އެކަމަށްޓަކައި ބޭއްވޭ ބައްދަލުވުމުގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން ބިޑް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރު 1446
30 އޮކްޓޫބަރު 2024