ބީލަން
ނަންބަރު: (IUL)343-AS/343/2024/104
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 24 ނޮވެންބަރު 2024 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސްއެއް ހަދައި ހިންގުމަށް، ބޮޑުފޮޅުދޫ ގެސްޓް ޒޯން ދޭއްގެ ބިން 2, ( ލެގޫން ވިއު ގެސްޓްހައުސްގެ އުތުރަށް އޮންނަ ބިމުން ) 7878.00 އަކަފޫޓުގެ ބިން 50 އަހަރަށް ކުއްޔައްދިނުމާއި ގުޅޭ:

 

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

އއ.ބޮޑުފޮޅުދޫ ގެސްޓް ޒޯން 2، ޕްލޮޓް B (ލޭންޑް 2) 7878.00 އަކަފޫޓުގެ ބިމުގައި ގެސްޓް ހައުސް އެއް ހަދައި ހިންގުން.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

50 (ފަންސާސް) އަހަރަށް

ބިމު ކުލި:

ފެށޭ އަގު އަކަފޫޓަކަށް 5.00 ރުފިޔާ

ބިޑްފޮތް ވިއްކުން:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 30 އޮކްޓޫބަރ 2024 އިން 18  ނޮވެމްބަރ 2024 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއިންނެވެ. 

ބިޑްފޮތް ވިއްކާ އަގު:

ބިޑްފޮތެއްގެ އަގަކީ 10،000 (ދިހަ ހާސް ރުފިޔާ) އެވެ.

އެހެނިހެން:

- ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް ރ.100,000 (އެއްލައްކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ.

- ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 1،500،000ރ (އެއް މިލިއަން ފަސްލައްކަ ރުފިޔާ) ކައުންސިލަށް ދައްކަންޖެހޭނެއެވެ. މިއީ  ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ.

 

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

- ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 17 ނޮވެމްބަރ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

- ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށައެޅުމާޢި ހުޅުވާ ތާރީޚު އަދި ގަޑި:

ތާރީޚު: 24 ނޮވެމްބަރ 2024

ގަޑި: 11:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުޅުވާ ތަން:

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

އިތުރު މަޢުލޫމާތު:

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 12 ނޮވެމްބަރ 2024 ދުވަހުގެ މެންދުރުކުރި 11:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ޓޫރިސްޓް ގެސްޓްހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 24 ނޮވެމްބަރ 2024". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2024