ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/105
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 02 ނޮވެންބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކެނދިކުޅުދޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް މިކައުންސިލްގެ ނަންބަރު: 6560013 އަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. އަދި މީގެއިތުރުން 7781539 ފޯނު ނަންބަރަށް ގުޅުއްވައިގެންވެސް ނަންނޯޓު ކުރެވިދާނެއެވެ. އަދިހަމައެހެންމެ، ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށްވެސް މިޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 02 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 13:00 އެވެ.

              އޮންލައިން ފޯމު: https://forms.office.com/r/fncMvnv8fM

             ވީމާ، ޕްރގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

27  ރަބީޢުލްއާޚިރު  1446

30   އޮކްޓޯބަރ   2024

30 އޮކްޓޫބަރު 2024