ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/58
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 12 ޖުލައި 2015 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1 / ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ / ބ. ކެންދޫ

އޮފީސް/ އިދާރާ

ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

-/8,835 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލަވަންސް

1 (އެކެއް)

ދާއިމީ

ބޭނުންވާ އަދަދު

ގިންތި

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. އިދާރާގެ އިދާރީ ހިންގުމާބެހޭ އެންމެހައި ކަންތައްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފު ނުވާގޮތުގެ މަތިން ކައުންސިލްގެ މަޝްވަރާއާއެކު ރައްޔިތުންނަށް އެންމެ ފައިދާހުރި މަޞްލަޙަތުހުރި ގޮތެއްގެ މަތިން ނަޒާހަތްތެރިކަމާއެކު ރާވައި ހިންގުން.
  3. ރަށު ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމާއި، ސުޕަވައިޒަރުންގެ މަސައްކަތްތައް ބަލައި ސްޕަވައިޒްކުރުމާއި ކައުންސިލަށް ޖަވާބުދާރީވުން.
  4. ކައުންސިލުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، ކައުންސިލް ކުރިއެރުވުމަށް ރާއްވަވާ ޕްރޮޖެކްޓްތަކާއި ޕްލޭނުތައް އެކަށައެޅުމަށް އެހީތެރިވެދީ އިދާރީ މުވައްޒަފުންގެ އެހީތެރިކަން ކައުންސިލުގެ މަސައްކަތަށް ބޭނުންވެއްޖެ ހިނދެއްގައި ދެއްވުން.
  5. ސަރުކާރުގެ އެހެން މުއައްސަސާތަކުން ކައުންސިލުގެ އިދާރާއަށް ހަވާލުކުރާ އިދާރީ މަސައްކަތްތަކާއި އެނޫން ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމާއި، ޖަވާބުދާރީވުން.
  6. ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރައްވާ އެންމެހައި މަސައްކަތްތަކުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިދިނުމާއި، އެކަންކަމަށް އެހީތެރިވުން
  7. އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތް ބައްޓަންކޮށް މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސުޕަވައިޒްކުރުން.
  8. އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދައި ތަމްރީނުކުރުމާއި މުވައްޒަފުން ރިޓެއިން ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  9. މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އަންގައި އިޞްލާޙީ ފިޔަވަޅު އަޅަން ޖެހިއްޖެ ޙާލަތުގައި އެފަދަ ފިޔަވަޅުތައް އެޅުމާއި، މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި، މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން.
  10. ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު އަވަސްކަމާއެކު ފޯރުވައިދިނުމަށް އިދާރާގެ ސެކްޝަން ނުވަތަ ޔުނިޓުތަކާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާނުކުރާގޮތް ބަލައި އެކަށީގެންވާ އަވަސް ފުރުޞަތެއްގައި ޖަވާބުދާރީވުން.
  11. ރައްޔިތުންގެ މާލިއްޔަތަށް ލިބޭ ފައިސާއާއި ޚަރުދުގެ ކަންތައްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި މާލިއްޔަތު އިތުރުކުރުމަށް ކައުންސިލުގެ މަޝްވަރާގެ މަތިން ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  12. އެކިއެކި އިންތިޚާބުތަކާބެހޭ އެންމެހައި ކަންތައްތައް އިލެކްޝަން ކޮމިޝަނުން އަންގަވާ ގޮތެއްގެ މަތިން ވަކިފަރާތަކަށް ނުޖެހި ޒިންމާދާރުކަމާއެކު ހިންގުން.
  13. ރަށަށް ވަޑައިގަންނަވާ އެކިއެކި ވަފުދުތަކުގެ ބޭފުޅުންގެ އެކޮމަޑޭޝަންގެ ކަންތައްތަކާއި ރަސްމީގޮތުން އެބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދެއްވުން.
  14. ރަށުގައި ހިނގާ ކަމަކާ ގުޅޭގޮތުން ނުވަތަ ޙާދިޘާއަކާ ގުޅޭގޮތުން މީޑިއާއަށާއި އެނޫންވެސް ފަރާތްތަކަށް ފޯރުވައިދޭންޖެހޭ މަޢުލޫމާތުތައް ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ލިބިގަތުން.
  15. އިދާރާގެ މަސައްކަތް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން
  16. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
    1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
    2. އިމްތިޙާނު (%30)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު: 3303648)

މަޤާާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

 

 

 

 

 

 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

3- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

    (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއު،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖުލައި 28 އާ 2015 އޮގަސްޓު 10 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން  މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް 
  • ޖުމްލަ އިންސައްތަ %35
  • އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
އުޖޫރައާއި އިނާޔަތްތައް
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

12 ރަމަޟާން 1436

29 ޖޫން 2015