ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2024/75
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 02 ޑިސެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުމާއި ގުޅޭ

ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް 30 އޮކްޓޯބަރ 2024 ގައި ގެޒެޓް ކުރެވިފައިވާ "ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" 17 އޮކްޓޯބަރ 2024 ގައި ބޭއްވުނު ކައުންސިލްގެ އާއްމުޖަލްސާއިން ވަނީ ފާސްކުރެވިފައެވެ. ވުމާއެކު މި އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 2 ޑިސެންބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 34 ގޯއްޗެވެ. އެއީ ރަށުގެ އިރު އުތުރުން ދޫކުރުމަށް ހަމަޖެހިފައިވާ 34 ގޯއްޗެވެ. މި ގޯތިތަކުގެ ބޮޑުމިނަކީ 2000 އަކަފޫޓެވެ.

ހއ.ތަކަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާ ފޯމާއި، ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑާއި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް އެނގޭނޭ ޗާޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.  މި ލިޔުންތަކާއި ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ކައުންސިލްގެ އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އީމެއިލްގެ ޒަރީއްޔާއިން ފޯމް ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު މުއްދަތުގައި މިއިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ރަސްމީގަޑީގައި އިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވާ ހުށަހެޅުއްވި ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯއްޗަށް އެދިލައްވާ ފަރާތްތަކުން 2 ޑިސެންބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2024