ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/226
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 01 ޖުލައި 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވާރކްސޮޕް އެސިސްޓެންޓް

މިކުންފުނީގެ ނަންބަރު ADM/2015/174-ފ60 އިޢުލާން ބާޠިލު ކުރުމަށްފަހު ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ވާރކްސޮޕް އެސިސްޓެންޓް

އަދަދު: 1

މުސާރަ: -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500 ރުފިޔާ – -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.
  • އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • އެސްޓީއޯ ވެހިކަލް ގަރާޖު ސާފުކޮށް ބެލެހެއްޓުން
  • ވެހިކަލް މަރާމާތުކުރުމުގައި މެކޭނިކުންނަށް އެހީތެރިވުން.
  • އެސްޓީއޯ ވެހިކަލް ގަރާޖުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހިބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 1 ވާ ބުދަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264، ފެކްސް: 3344041، ވެބްސައިޓް: www.stomaldives.com

24 ޖޫން 2015