ދެންނެވުން
ނަންބަރު: (IUL)308/2024/48
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުފުލަންދޫ ބޮޑުމަގު ސާފުކުރުން

އުފުލަންދޫ ބޮޑުމަގު ސާފުކުރުމުގެ މަސައްކަތަށް އުފުލަންދޫއަށް ދިއުމުގެ ފުރުސަތު މަޑުއްވަރީ ރައްޔިތުންނަށް ހުޅުވާލަމެވެ. މިދަތުރުގެ ބައިވެރިންނަށް އުފުލަންދޫއިން ކާއްޓާއި، ފަނާއި، އޮށް، ހޮވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެމީހަކު ހޮވާ އެއްޗެއް އެމީހަކަށް ހިލޭ ލިބޭނެއެވެ. ދަތުރުގެ ކޮއްތު ހަމަޖައްސަންޖެހޭނީ ދަތުރުގެ ބައިވެރިން އަމިއްލައަށެވެ.

ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ފުރަތަމަ ނަން ނޯޓްކުރާ 30 މީހުންނަށެވެ. ނަން ނޯޓް ކުރުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ނަން ނޯޓް ކުރުމަށް ކައުންސިލްގެ 7580025 ނަންބަރަށް ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް ވައިބަރ ކުރެއްވުން އެދެމެވެ. އުފުލަންދޫއަށް ދަތުރުކުރާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

ދަތުރުކުރާ ދުވަސް

2024 ނޮވެންބަރު 02،     ހޮނިހިރު ދުވަސް

ދަތުރަށް ފުރާ ގަޑި

ހެނދުނު 6:00

މަގު ސާފުކުރުމުގެ މަސައްކަތް ފެށުން

ހެނދުނު 7:00

މަގު ސާފުކުރުމުގެ މަސައްކަތް ނިންމުން

މެންދުރު 12:00

ފަނާއި އޮށާއި ކާށި ހޮވަން ވަލަށް ވަނުން

މެންދުރުފަހު 13:00

ރަށަށް އައުމަށް ފުރުން

ހަވީރު 17:00

ވީމާ، އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 އޮކްޓޫބަރު 2024