ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2024/34
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 07 ނޮވެންބަރު 2024 12:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވޯކަލިސްޓުން އަދި ބޮޑުބެރު ޖަހާދޭނެ ފަރާތްތައް ހޯދުމަށް

ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށައަޅައިދިނުމުގެ ޤާބިލްކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކޮށް ހިންގުމާއި ޒުވާނުން މިދާއިރާއިން ކުރިއަށް ދިއުމަށް ބާރުއެޅުމުގެ މަޤްސަދުގައި މިސެންޓަރުން ބާއްވަމުން އައި "އޮލިންޕިއަންސް ވިތް ޔޫތް- ލައިވް އިން ކޮންސަރޓް" 07 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ ނޮވެމްބަރ މަހުގެ 17، 18 އަދި 19 ގައި ބޭއްވުމަށް ވަނީ ޤަސްދުކުރެވިފައެވެ.

 

އެ ގޮތުން މި ކޮންސަރޓް އަކީ ލަވަ ކިޔުމުގެ ދާއިރާއިން މަޤުބޫލުކަން ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިނާއި މިހާރު ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިން ކުރީގެ ލަވަތައް އަދި އިތުރު އާ ލަވަތަކާއި އެކު ޑުއެޓް ގޮތުގައި ހުށައަޅާއިދޭނެ ކޮންސަރޓްއެކެވެ.

 

އެހެންކަމުން މި ކޮންސަރޓްގައި ޕާރފޯމްކުރާނެ ވޯކަލިސްޓުން އަދި ބޮޑުބެރު ޖަހާ 2 ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެ ފަރާތެއްގެ ސީވީ [email protected] އަށް 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

 

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

30 އޮކްޓޫބަރު 2024