ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/380 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-55-24) GS /2024/76 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ބޭނުންވާ ޓޯނަރ އަދި ކާރޓްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓް ކުރެވުނު IUL) PSM-FP/ PSM/2024/339 ނަންބަރު އިޢުލާނާގުޅިގެން ދީފައިވާ މަޢުލޫމާތުގައި ހިމެނޭ 3 ލޮޓްގެ ތެރެއިން 1 ލޮޓް (ލޮޓް-ބީ) ގައިވާ ކާރޓްރިޖްތަކަށް ޕްރޮޕޯސަލް ވަނީ ހުށަހަޅާފައެވެ. ޕްރޮޕޯސަލް ހުށަހަޅާފައިނުވާ 2 ލޮޓް ގައި ހިމެނޭ ޓޯނާރ އަދި ކާރޓްރިޖް ތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިން ޢާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ޓޯނާރ އަދި ކާރޓްރިޖް ތައް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
25 ރަބީޢުލް އާޚިރު 1446
28 އޮކްޓޯބަރ 2024