ތަމްރީނު
ނަންބަރު: (IUL)160-AS/1/2024/72
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 06 ނޮވެންބަރު 2024 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ) ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

       ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ) ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ): ހެނދުނު 20 ޖާގަ، ހަވީރު 20 ޖާގަ.

ޝަރުޠު:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

ކޯހުގެ މުއްދަތު

8 ހަފްތާ

       މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 6 ނޮވެންބަރު 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ނޮވެންބަރު 2024 އިން 14 ނޮވެންބަރު 2024 އާއި ދެމެދު އެވެ.

29 އޮކްޓޫބަރު 2024