ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2024/54
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 12 ނޮވެންބަރު 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. މާމެންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

                         ކައުންސިލް އިދާރާގެ ނަންބަރު:  (IUL)408-CA/408/2023/41(26 ސެޕްޓެންބަރު 2023) އިޢުލާނާގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި މި އިދާރާއިންކުރި ނަންބަރު:(IUL)408-ESMS/408/2024/40  (06 އޮގަސްޓް 2024) އިޢުލާނާ ގުޅިގެން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު އިޞްލާހު ކުރުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                         ވީމާ، ޢާންމުކޮށްފައިވާ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 12 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްއަށެވެ.

                         މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 އޮކްޓޫބަރު 2024