މަސައްކަތް
ނަންބަރު: (IUL)393/393/2024/105
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:55
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖުކުރުމާއި، އިޖުތިމާއީ ސަރަޙައްދު ކޮންޓްރެކްޓް އުސޫލުން ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއްގެ ދަފުތަރު އެކުލަވާލުމާގުޅޭ

އިޢުލާނު

ކުނިމެނޭޖުކުރުމާއި، އިޖުތިމާއީ ސަރަޙައްދު ކޮންޓްރެކްޓް އުސޫލުން ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއްގެ ދަފުތަރު އެކުލަވާލުމާގުޅޭ

ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި ކުނިމެނޭޖުކުރުމާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަފްތަރަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

  1. މަސައްކަތުގެ އަގު: މަސައްކަތް ކުރާ ގަޑިއަކަށް 50 ރުފިޔާ
  2. މުއްދަތު: 2 އަހަރު (ގިނަވެގެން)
  3. މަސައްކަތުގެ ތަފުޞީލު:

ހ. ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ށ. ކުނިމެނޭޖުކުރުމާއި، ނައްތާލުމުގެ މަސައްކަތް ކުރުން.

  1. މަސައްކަތަށް މީހުން ހޮވާނީ ކުރިމަތިލާ ތަރުތީބުން އެކުލަވާލާ ދަފުތަރަކުންނެވެ. އަދި މަސައްކަތަށް ފުރުޞަތު ދޭނީ މަސައްކަތް ޙަވާލުކުރާ އެގްރިމެންޓަކުން އެންމެ ގިނަ ވެގެން 2 އަހަރުގެ ދުވަހުގެ މުއްދަތަށެވެ.
  2. މަސައްކަތަށް ނެގުނު ފަރާތުގެ އެގްރިމަންޓް ބާތިލްވެއްޖެނަމަ ނުވަތަ މުއްދަތު ހަމަވެއްޖެނަމަ ދަފްތަރުގައި އޮންނަ ތަރުތީބުން ދެން ފޯމް ހުށަހެޅި ފަރާތަށް ފުރުސަތު ދެވޭނެއެވެ.
  3. ހުށަހަޅަންޖެހޭ ތަކެތި

 ހ. އެކި ކަންކަމަށް އެދި ހުށަހަޅާ ފޯމް

 ށ. އައިޑީ ކާޑުގެ 2ފުށުގެ ސާފު ކޮޕީ

 ނ. އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ނުވަތަ ކުންފުނި/ޕާޓްނަރޝިޕްގެ ރަޖިސްޓްރީ ކޮޕީ

 ރ. ބަގީ ނުވަތަ ވެހިކަލް ދުއްވުމުގެ ލައިސަންސް

28 އޮކްޓޯބަރ 2024

28 އޮކްޓޫބަރު 2024