މަސައްކަތް
ނަންބަރު: (IUL)13-K/13/2024/267
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 10 ޑިސެންބަރު 2024 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ’ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން އަންދާޒާ ކުރެވިފައިވާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް އިންސްޓޯލަކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު: TES/2024/G-006)  

 

އައްޑޫ ސިޓީގައި ’ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން އަންދާޒާ ކުރެވިފައިވާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް އިންސްޓޯލަކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

 

1. ދިވެހި ސަރުކާރުން ވޯލްޑްބޭންކުގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ’ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރގެ އުސޫލުން 10 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް އިންސްޓޯލްކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރގެ އުސޫލުން ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރު (IUL)13-K/13/2024/196 (29 ޖުލައި 2024)  އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ.

ލޮޓް 1: މި މަޝްރޫޢުގެ ދަށުން 2 މެގަވޮޓްގެ  ފްލޯޓިންގ ސޯލާ ޕެނަލް ސ. މަރަދޫ ހާބަރ އަދި ސ. ހުޅުމީދޫ ސެންޓްރަލް ހާބަރގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

ލޮޓް 2: މި މަޝްރޫޢުގެ ދަށުން 8 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް ސ. ހިތަދޫ ޕޯޓް އޭރިއާގައި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

3. މި ބީލަމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން "ވާރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޮވަރސް" ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވަ ޕްރޮޖެކްޓެކެވެ.

4. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2024 ޖުލައި 29 އިން 2024 ޑިސެންބަރު 5  އަށް،  މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

5. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 29ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

6. ބީލަމާއި އެކީގައި ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ވަކި ލޮޓް ތަކަށް ބިޑް ސެކިއުރިޓީއަށްވާ އަދަދު ތިރީގައި ވާނެއެވެ.

  • ލޮޓް 1: ޔޫ.އެސް.ޑީ 40,000.00 (ސާޅިސްހާސް ޑޮލަރު)
  • ލޮޓް 2: ޔޫ.އެސް.ޑީ 160,000.00 (އެއްސަތޭކަ ފަސްދޮޅަސް ހާސް ޑޮލަރު)

7. ބީލަން ހުޅުވުން އޮންނާނީ 10 ޑިސެންބަރު 2024 ވާއަންގާރަ ދުވަހުގެ 13:00:00 ގައި މިމިނިސްޓްރީގެ އޮފް ފައިނޭންސް، ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާއެވެ.

8. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379 ދިވެހިރާއްޖެ،

ފޯން  : (+960) 3349102, (+960) 3349106, (+960)3349147 

އީމެއިލް : [email protected]

ކޮޕީ  : [email protected]

29 އޮކްޓޫބަރު 2024