މަސައްކަތް
ނަންބަރު: (IUL)23/PRIV/2015/04
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:50
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމުގެ ފުރުޞަތު އެޖެންސީތަކަށް ހުޅުވާލުން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިނގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކުން އޭޖެންސީ ރަޖިސްޓަރީކުރާ ފޯމު މިމިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އޭޖެންސީ ރަޖިސްޓަރީކުރާ ފޯމު މިނިސްރީ އޮފް ހެލްތުގެ ފޮރިން ރެކްރޫޓްމެންޓް ސެކްޝަނުން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

01 އޮގަސްޓު 2015 އިން ފެށިގެން މިމިނިސްޓްރީން ޑޮކިއުމަންޓް ޕްރޮސެސް ކުރާނީ އެޖެންސީ ރަޖިސްޓަރީކުރާ ފޯމު ފުރިހަމަކޮށް، މިމިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ އެޖެންސީތަކުން އެކަންޏެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު: 3014306 އަދި [email protected] އާ ގުޅުއްވުން އެދެމެވެ.

20 ޖޫން 2015