މަސައްކަތް
ނަންބަރު: 146-A3/2015/130
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 08 ޖުލައި 2015 11:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ސްޓޭންޑަރޑް އޮޕްރޭޓިންގ ޕްރޮސީޖަރ ރިވިއުކޮށް ފޮތެއްގެ ސިފައިގައި ތައްޔާރު ކޮށްދެއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފެމިލީކޯޓުން ތައްޔާރުކޮށްފައިވާ ސްޓޭންޑަރޑް އޮޕްރޭޓިންގ ޕްރޮސީޖަރ (SOP)، ކޯޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތަށް ރިވިއުކޮށް ފޮތެއްގެ ސިފައިގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރު ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2015/115-ފ146 (24 މޭ 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖުލައި 08 ވަނަ ދުވަހުގެ 11:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 15 ވަނަ ދުވަހުގެ 11:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް އަދި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ.

07 ރަމަޟާން 1436

24 ޖޫން 2015