ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
1- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
2- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 2024 ނޮވެމްބަރ 05 ވާ އަންގާރަ ވަނަ ދުވަހުގެ 16:30 ގައި
3- މުދާ ބެލުމަށް ނަން ނޯޓް ކުރުން: 2024 ނޮވެމްބަރ 05 ވާ އަންގާރަ ވަނަ ދުވަހުގެ 15:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/
- މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައެވެ.
4- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.
5- ނީލަން ކިޔުން: 2024 ނޮވެންބަރު 06 ވާ ބުދަ ވަނަ ދުވަހުގެ 14:00 އިން 2024 ނޮވެންބަރު 07 ވާ ބުރާސްފަތި ވަނަ ދުވަހުގެ 14:00 އަށް.
6- ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ( 17 އޮކްޓޫބަރ 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ޤަވާއިދު ފެނިލައްވާނެއެވެ.
- ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެކެވެ.
މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.
ނޯޓް: މި އިއުލާނަކީ 28 އޮކްޓޯބަރ 2024 ވަނަދުވަހު ކުރެވުނު އިއުލާނެވެ. ނަމަވެސް ކުރިން ކުރެވުނު އިއުލާނުގައި ލިސްޓް އެޓޭޗްކުރެވިފައި ނުވާތީވެ އަލުން ލިސްޓް އެޓޭޗްކޮށް އިއުލާންކުރަމެވެ.