މަސައްކަތް
ނަންބަރު: (IUL)393/393/2024/104
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 05 ނޮވެންބަރު 2024 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  1. ބޭނުންވާ ޢަދަދު: 1
  2. މަސައްކަތުގެ މުއްދަތު: 2 އަހަރު
  3. މަސައްކަތުގެ އަގު: މަސައްކަތް ކުރާ މަހަކަށް  -/5000 ރުފިޔާއަށް ވުރެ ބޮޑު ނުވުން
  4. މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 4 ގަޑިއިރު / ހަފުތާއަކު 6 ދުވަހު
  5. މަސައްކަތުގެ ތަފުޞީލު: ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. މަސައްކަތަށް މީހުން ހޮވާނީ ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައެވެ.
  7. މަސައްކަތަށް މީހުން ނެގުމުގައި ޢަމަލު ކުރެވޭނެގޮތަކީ :

7.1-  މަހަކަށް ހުށަހަޅާ އަގު %70

7.2- ބަގީ/ ވެހިކަލް ދުއްވުމުގެ ލައިސަންސް %30

8. ހުށަހަޅަންޖެހޭ ތަކެތި

 ހ. އެކި ކަންކަމަށް އެދި ހުށަހަޅާ ފޯމް

 ށ. އައިޑީ ކާޑުގެ 2ފުށުގެ ސާފު ކޮޕީ

 ނ. އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ނުވަތަ ކުންފުނި/ޕާޓްނަރޝިޕްގެ ރަޖިސްޓްރީ ކޮޕީ

 ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އެކިއެކި ކަންކަމަށް އެދޭ ފޯމު ނަންގަވައި  ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއެކު، 05 ނޮވެންބަރ 2024 ވާ އަންގާރަ ދުވަހު މެންދުރުފަހު 11:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ސިޓީލާ ހުރިހާ ބޭފުޅުންގެ އެއްހާޒިރުގައެވެ.

29 އޮކްޓޫބަރު 2024