މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2024/308
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 12 ނޮވެންބަރު 2024 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަންގެ ފަރާތުން، އަތޮޅުތަކުގެ ޞިއްޙީ ޙިދުމަތްދޭ ތަންތަނަށް ފޮނުވާ (ބޭހާއި، ވެކްސިންގ، ޕްރިންޓިންގ މެޓީރިއަލްސް އަދި މެޝިނަރީ ފަދަ ތަކެތި) ފޮނުވައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ހެލްތު ޕްރޮޓެކްޝަންގެ ފަރާތުން، އަތޮޅުތަކުގެ ޞިއްޙީ ޙިދުމަތްދޭ ތަންތަނަށް ފޮނުވާ (ބޭހާއި، ވެކްސިންގ، ޕްރިންޓިންގ މެޓީރިއަލްސް އަދި މެޝިނަރީ ފަދަ ތަކެތި)  ފޮނުވައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 12 ނޮވެމްބަރ 2024 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހު ހެނދުނު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

26 ރަބީޢުލް އާހިރު 1446ހ.

                             

29 އޮކްޓޫބަރު 2024