ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2024/53
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 23:05
ސުންގަޑި: 14 ނޮވެންބަރު 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮނބިފާކުރަން ބަހައްޓާ ސަރަޙައްދުތައް ކަނޑައެޅުމާއިގުޅޭ

ރަށުގެ އެކި ސަރަޙައްދުތަކުގައި ހަންބުރި ފަދަ ތަކެތީގައި ބޮނބި ފާކުރުމަކީ މަދިރި އުފެދި އާލާވާ ކަމަކަށްވާތީ އާއި ވިއްސާރަދުވަސްވަރު ރަށުތެރޭގައި މަދިރީގެ އުނދަގޫ ކުރިމަތިވެ ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވެގެންދާތީ، އެކަމަށް ޙައްލެއް ހޯދުމަށާއި އެފަދަ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ބޮނބިފާކުރުމުގެ މަސައްކަތަށް ވަކި ސަރަޙައްދުތަކެއް ހާއްޞަކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 168 ވަނަ ޢާންމު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ބޮނބިފާކުރުމުގެ މަސައްކަތަށް ހާއްޞަކުރުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދުތަކަކީ؛

  1. ރަށުގެ އުތުރު ހުރަސްމަގުގެ އިރު ދެކުނު ފަރާތް (މަގަށް ނާރާ ގޮތަށް)
  2. ރަށުގެ އުތުރު ހުރަސްމަގުގެ ހުޅަނގު އުތުރު ފަރާތް (މަގަށް ނާރާ ގޮތަށް)
  3. މަޖީދީ މަގުގެ އިރު އުތުރު ފަރާތް (މަގަށް ނާރާ ގޮތަށް)
  4. ޒިޔާރަތްމަގުގެ އިރު ދެކުނު ފަރާތް (މަގަށް ނާރާ ގޮތަށް)

ވީމާ، ރަށުގެ އެކި ސަރަޙައްދުތަކުގައި ބޮނބިފާކުރުމަށް ބަހައްޓާފައިވާ ހަންބުރިފަދަ ތަކެތި، މިއަދުން ފެށިގެން 2024 ނޮވެމްބަރ 14 ގެ ނިޔަލަށް މިދެންނެވި ސަރަޙައްދުތަކަށް ގެންގޮސް ކާކުގެ އެއްޗެއްކަން އެނގޭގޮތަށް ނަން/އެޑްރެސް ޖެހާފައިބެހެއްޓުމަށް ދަންނަވަމެވެ. އަދި މަދިރި އާލާ ނުވާނޭހެން މަތީގައި ސަތަރިފަދަ އެއްޗެއް އަޅާ މަދިރިއަށް ނުވަދެވޭނެހެން މަތި ބަންދުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ. މީގެ ފަހުން މިދެންނެވި ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކުގައި ބޮނބިފާކުރުމަށް ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.

28 އޮކްޓޫބަރު 2024