މަސައްކަތް
ނަންބަރު: 188-SHRD/IUL/2015/65
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 13 ޖޫން 2015 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
'މީޓިންގ މެނޭޖްމަންޓް ސޮފްޓްވެއަރ' ތައްޔާރުކޮށްދޭނޭ މީހަކު ހޯދުމަށް

"މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ" ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ:

ސިވިލް ސަރވިސް ކޮމިޝަނުގައި "މީޓިންގ މެނޭޖްމަންޓް ސިސްޓަމެއް" މި އިޢުލާނުގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސްހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު
  • މުއްދަތު: 06 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  • ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގގެ ރޮނގުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - % 15
  2. މަސައްކަތުގެ ތަޖުރިބާ - % 10
  3. ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
  4. ޓެކްނިކަލް ނޮލެޖް - % 15
  5. އުފެއްދުންތެރިކަން - %5
  6. ގާބިލްކަން ހުރި މިންވަރު - % 10

ވުމާއެކު، މިކަމަށް އެދޭ، މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 ޖުލައި 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

08 ރަމަޟާން 1436

25 ޖޫން 2015