ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2024/426
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:49
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އިން ދޫކުރެވިފައިވާ ގޯތީގެ ރަޖިސްޓަރީ ހެދުމާއި ގުޅޭ
އިޢުލާން
އައްޑޫސިޓީ "ބިންވެރިޔާ ޕްރޮގްރާމް 2023"ގެ ދަށުން ފޭދޫ އިން ދޫކުރެވިފައިވާ ގޯތީގެ ރަޖިސްޓަރީ ހެދުމަށްޓަކައި ތިރީގައިވާ ތަކެއްޗާއެކު ހުށަހެޅުއްވުން އެދެމެވެ.
ގޯތިރަޖިސްޓަރީކުރުމަށް އެދޭފޯމް (މި ފޯމް ކައުންސިލް ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ގަޑީގައި އަވަށު އޮފީސް ތަކުން ލިބޭނެއެވެ.)
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ގުރުއަތު ނަންބަރު ލިޔުމުގެ ކޮޕީ
ގޯތިލިބިފައިވާ ފަރާތުގެ އައިޑީކާޑުގެ ދެފުށުގެ ސާފުކޮޕީ
ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް -/100 (އެއްސަތޭކަ) ރުފިޔާ ފޭދޫ އަވަށު އޮފީހަށް ދެއްކުމަށްފަހު ފައިސާ ދެއްކި ރަސީދުގެ ކޮޕީ
- ފައިސާ ދައްކަވާނީ: އެކައުންޓްގެ ނަން: 1277 ރެވެނިއު 01
ނަންބަރު: 7708700341001 އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ.
ސްލިޕް ވައިބަރ ކުރައްވާނީ 7360031 ނަންބަރަށެވެ.
25 ރަބީޢުލްއާޚިރު 1446
28 އޮކްޓޫބަރު2024
28 އޮކްޓޫބަރު 2024