ބީލަން
ނަންބަރު: (IUL)422-B1/422/2024/71
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި: 12 ނޮވެންބަރު 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް 1 (އެކެއް) އަހަރު މުއްދަތަށް ގދ.ފިޔޯރީ މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.  މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 4 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި  ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މައުލޫމާތު ބައްދަލުވުމުގައި ރަޖިސްޓަރވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވެފައެވެ.

މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 އޮކްޓޫބަރު 2024