މަޤާމު:
|
އެގްޒާމް އިންވިޖިލޭޓަރ
|
ބޭނުންވާ އަދަދު:
|
60
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު (މާލެ)
|
އުޖޫރަ ދެވޭނެގޮތް:
|
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
- ދިވެހި ރައްޔިތަކަށްވުން.
- އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
- މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
- އިމްތިހާނުގައި ބައިވެރިވާ ދަރިވަރެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
- ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން ނުވަތަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- ހެނދުނު ދަންފަޅި ހިމެނޭގޮތަށް މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
- އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
- ތައުލީމީ ފެންވަރު.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:
|
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.
އޮންލައިން އެޕްލިކޭޝަން ލިންކް:
https://forms.gle/Y67w76roYv1aN4rR9
|
އެޕްލިކޭޝަންގެ ސުންގަޑި:
|
6 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
|
އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައިވާ ސަނަދު).
|
މަގާމަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:
|
ޔުނިވަރސިޓީން އެދުމުން، އިންވިޖިލޭޓަރުންނަށް ހޮވޭ ފަރާތްތަކުން، އެޕްލިކޭޝަންގައި ބަޔާންކުރި އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު، އޭގެ އަސްލު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.
|