ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2024/104
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:25
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ހާފްވޭ ހައުސްއާއި ކ.ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ރިމާންޑް ފެސިލިޓީއެއް ގާއިމްކުރެއްވުން.
އިޢުލާން
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުޅުމާލެ ހާފްވޭ ހައުސްއާއި ކ.ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ރިމާންޑް ފެސިލިޓީއެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 22 ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ވަނީ ގާއިމްކުރައްވާފައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.
25 ރަބީއުލްއާޚިރު 1446
28 އޮކްޓޫބަރު 2024
28 އޮކްޓޫބަރު 2024