މަޤާމު:
|
މެރިޓައިމް އިންސްޓްރަކްޓަރ (ނޯޓިކަލް)
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑިޒް
|
މަޤާމުގެ ރޭންކް:
|
8
|
ހަރުފަތް:
|
1
|
އަސާސީ މުސާރަ:
|
މަހަކު 17,808 ރުފިޔާ
|
ޖޮބް އެލަވަންސް:
|
މަހަކު 8,311 ރުފިޔާ
|
ހާޒިރީ އިނާޔަތް:
|
225 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ވަޒީފާގެ މުއްދަތު:
|
01 އަހަރު
|
އިނާޔަޔްތައް:
|
ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް
ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
ސްޓާފް ޖިމް ފެސިލިޓީ
ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މެރިޓައިމް ނެވިގޭޝަން ކޮލެޖަކުން ހާސިލްކޮށްފައިވާ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕީޓަންސީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިވިފައިވުން.
މެރިޓައިމް ދާއިރާގެ ޝަރުތު ހަމަކުރުމުގައި ބަލާނެ ދާއިރާތައް:
- STCW Reg II/2 ގައި ބަޔާންކޮށްފައިވާ އެޕްރޫވްޑް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ މެރިޓައިމް ޔުނިވަރސިޓީ/ކޮލެޖް/އިންސްޓިޓިއުޓަކުން ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުމާއި އެކު
- STCW Reg II/2 ގައި ބަޔާންކޮށްފައިވާ މާސްޓަރ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ އަންލިމިޓެޑް ޓަނޭޖް ހާސިލް ކޮށްފައިވާ ފަރާތަކަށް ވުން އަދި
- މަދުވެގެން 2 އަހަރު ކެޕްޓަނެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގައި، ފޮރިން ގޮއިންގ ޓްރޭޑުގައި އުޅެފައި ވުން ނުވަތަ
- މަދުވެގެން 1 އަހަރު ކެޕްޓަނެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގައި، ފޮރިން ގޮއިންގ ޓްރޭޑުގައި އުޅެފައި ވުމާއި އެކު މަދުވެގެން 1 އަހަރު މެރިން ޕައިލެޓެއްގެ ވަޒީފާ އަދާ ކޮށްފައި ވުން ނުވަތަ
- މަދުވެގެން 1 އަހަރު ކެޕްޓަނެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގައި، ފޮރިން ގޮއިންގ ޓްރޭޑުގައި އުޅެފައި ވުމާއި އެކު މަދުވެގެން 1 އަހަރު ޝިޕިންގ ކުންފުންޏެއްގެ މެރިން/ޓެކްނިކަލް ސުޕަރިންޓެންޑެންޓެއް ނުވަތަ ކޮންސަލްޓަންޓެއްގެ ވަޒީފާ އަދާ ކޮށްފައިވުން ނުވަތަ,
- މަދުވެގެން 1 އަހަރު ކެޕްޓަނެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގައި، ފޮރިން ގޮއިންގ ޓްރޭޑުގައި އުޅެފައި ވުމާއި އެކު މަދުވެގެން 1 އަހަރު މެރިޓައިމް ޔުނިވަރސިޓީ/ކޮލެޖް/އިންސްޓިޓިއުޓެއްގެ ލެކްޗަރަރ އެއްގެ ވަޒީފާ އަދާ ކޮށްފައި ވުން. ނުވަތަ،
- މަދުވެގެން 1 އަހަރު ޗީފް މޭޓެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގައި، ފޮރިން ގޮއިންގ ޓްރޭޑުގައި އުޅެފައި ވުމާއި އެކު މަދުވެގެން 5 އަހަރު މެރިޓައިމް ޔުނިވަރސިޓީ/ކޮލެޖް/އިންސްޓިޓިއުޓް އެއްގެ ލެކްޗަރަރ އެއްގެ ވަޒީފާ އަދާކޮށް STCW ކޯސް ތަށް ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން (މެރިޓައިމް)
ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން (މެރިޓައިމް)
ތަޢުލީމީ ރޮނގުތައް: މެރިޓައިމް ސްޓަޑިޒް
ޕްރިފަރޑް ޑިސިޕްލިންތައް: މެރިޓައިމް ސްޓަޑިޒް
ކޯ ޑިސިޕްލިންތައް: މެރިޓައިމް ސްޓަޑިޒް
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ކިޔަވާދިނުމާ ގުޅޭ މަސައްކަތް
- ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
- ޑިޕާޓްމަންޓް ހިންގުން ހަވާލުކޮށްފައިވާނަމަ، ޔުނިވަރސިޓީ ގެ ވާރކްލޯޑާއި އެއްގޮތަށް އެ މީހެއްގެ ޒިންމާގެ ދަށުގައިވާ އެހެން މުވައްޒަފުންނަށް ގަޑިތައް ހަވާލުކުރުމާއި އެގަޑިތައް ނަގާކަން ކަށަވަރުކުރުން
- ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކުރު މުއްދަތުގެ ކޯސްތައް ފެށުމުގެ ކުރިން މާއްދަތަކުގެ އައުޓްލައިން އާއި މެޓީރިއަލްތައް އަދާހަމަކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުން.
- ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ސުޕަވައިޒަރާ ހަވާލުކުރުން
- ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން.
- މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނެގުން.
- ޤައުމީ ބޭނުންތަކަށް ބަލާ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުގައްރަރުތައް އިޞްލާޙުކުރުމުގައި އިސްނެގުން.
- އެޗް.އޯ.ޑީ އެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެޗް.އޯ.ޑީ އެއްގެ ހައިޞިއްޔަތުން ކުރަންޖެހޭ މަސައްކަތް އިސްނަގައި ކުރުން
- ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ދެވިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ރިވިއުކޮށް ނިންމުން.
- ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
- ޑިޕާޓްމަންޓްގެ ފުލްޓައިމް އަދި ޕާޓް-ޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން.
- އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން.
ރިސަރޗް މަސައްކަތް
- ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން.
- ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން.
- މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން.
އިދާރީ އަދި އެހެނިހެން މަސައްކަތް
- ހަވާލުކުރެވޭ ވޯކްލޯޑް އަމިއްލަ އަށް ބެލެހެއްޓުން އަދި އެ މައުލޫމާތު ސުޕަވައިޒަރާއި ހިއްސާ ކުރުން.
- ކުރު ކޯސްތައް ހިންގުމަށް ހަވާލު ކުރެވުމުން ޓައިމް ޓޭބަލް ހަދާ، ސުޕަވައިޒަރާއި ހިއްސާ ކުރުން.
- ޕްރެކްޓިކަލް ކްލާސްތައް ހިންގުމަށް ބޭނުން ކުރާ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ހުރިތޯ ބެލުމާއި ބޭނުންކުރުމަށް ފަހު އެތަކެތި ރަނގަޅުތޯ ބެލުމަށްފަހު ރައްކައުތެރި ކަމާއެކު ހަވާލުކުރަންޖެހޭ ފަރާތާ އަނބުރާ ހަވާލު ކުރުން އަދި އެތަކެތީގައި މައްސަލައެއް ހުރިނަމަ ކަމާބެހޭ ފަރާތަށް އެންގުން
- ލެބޯޓެރީ ގަ އާއި ވޯކްޝޮޕްގައި ބެހެއްޓިފައިވާ ފަޔަރ، ސަވައިވަލް، ނޯޓިކަލް އަދި ސޭފްޓީ އިކުއިޕްމެންޓް ތައް ބަލާ ޓެސްޓުކޮށް ރަނގަޅުހާލަތުގައި ހުރިތޯ ކަށަވަރުކުރުން.
- ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ހަވާލުކުރުން އަދި ސެލްފް ސާރވިސްއަށް އަޅަންޖެހޭ މާކްސްތައް ސެލްފް ސާވިސް އަށް އެޅުން
- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.
- ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް ޔުނިވަރސިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން.
- ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން.
- ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
- ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން.
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.
- "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
- އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގައި އެހީތެރިވެދިނުން.
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި ފެކަލްޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މެނޭޖުމަންޓުން ކުރާ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި އެހީތެރިވެދިނުން.
- ކޯސްތަކާއި ގުޅޭ މަޢުލޫމާތު އަދާހަމަކޮށް، މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އަދާ ހަމަކޮށް ހިއްސާކުރުމާއި، ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން.
- ޑިޕާޓްމަންޓް ހެޑްގެ މަގާމު ހަވާލުކުރެވިއްޖެނަމަ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުން
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ. އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
އަސާސީ ޝަރުޠު ހަމަވުމުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
-
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމެންޓް – ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް
|
15
|
އިންޓަރވިއު
|
50
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.
އެސެސްމެންޓަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން %50 ލިބުމާއެކު އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
04 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://tinyurl.com/MNUhr-2024-21
|
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 05 ނޮވެންބަރު 2024 އާ 04 ޑިސެންބަރު 2024 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)
|
- އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected] އަށެވެ.
|
ސަމާލުކަމަށް:
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަމްބަރު ފޯނަށެވެ.
|