ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305/305/2024/115
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 06 ނޮވެންބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލަށް ރަށުޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، 1500kg ގެ ރަށުޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2024 ) ގެ ދަށުން ވިޔަފާރި ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2024 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  1. މި މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިފް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖޮސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  2. އަގުހުށަހަޅަންވާނީ ކައުންސިލް އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް، އައިޓަމްގެ އަގު ހިމަނައިގެންނެވެ.
  3. ހުށަހަޅާ ތަކެތީގެ ފޮޓޯ ހުށަހަޅަންވާނެއެވެ.
  4. ޖީ.އެސް.ޓީ ހިމަނާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
  5. ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  6. ރަށު ޕިކަޕު ފޯރުކޮށްދޭފަރާތުން މިކައުންސިލަށް ރަޖިސްޓްރީކޮށްދީ، ޑެލިވަރީ ކޮށްދޭންވާނެއެވެ.

ކޯޓޭޝަން ހުށަހެޅުމާއި ބަލައިގަތުން

ހުށަހަޅާ ކޯޓޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 06 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ އީމެއިލް [email protected]  ށް އަށެވެ. 

28 އޮކްޓޫބަރު 2024