ތަމްރީނު
ނަންބަރު: (IUL)430-BS/430/2024/27
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 12 ނޮވެންބަރު 2024 14:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯސް 2024

 ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯސް 2024

ދައުލަތުގެ އިދާރާތަކާއިކުންފުނިތަކަށް އަމާޒުކޮށް ކުރިއަށްގެންދާ  ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯހެއް މި އެކެޑަމީން ކުރިއަށްގެންދާން ބޭނުންވެއެވެ. މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިހުތިރާމާ އެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ދިވެހިރާއްޖޭގެ ތާރީޚުގެ މުހިންމު ކަންކަމުގެ މައުލޫމާތު ދިނުމެވެ.

ކޯސް ކުރިއަށް ގެންދާނެ ގޮތް

   މިއީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން، ދާދިވަރުކޮށާއި (އޮންލައިންކޮށާއި) ކިލާހަށް ހާޒިރުވެ ކިޔަވާ އުސޫލުން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްގެންދާނީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ބައިވެރިވުމަށް އެދި އެންމެ ފުރަތަމަ ހުށަހަޅާ ތަރުތީބުން، ފުރަތަމަ ހުށަހަޅާ 100 ބައިވެރިންނަށެވެ. ކޮންމެ އިދާރާއަކުން ވެސް ގިނަވެގެން ބައިވެރިކުރެވޭނީ 3 މުވައްޒަފުންނެވެ. މި ކޯސް ފުރިހަމަކުރުމުން، އެކެޑަމީން ދޭ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން އެ ފަރާތްތަކަށް ދެވޭނެއެވެ. މި ކޯހާ ގުޅޭ އިތުރު މައުލޫމާތު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ހިއްސާކުރެވޭނެއެވެ.

ކޯހުގެ މުއްދަތު:5 ދުވަސް (10 ގަޑި)

ކޯސް ހިންގާނީ:  ދާދިވަރުކޮށް އަދި ކިލާހަށް ހާޒިރުވެގެން

ކޯސް އަމާޒުކުރާ ފަރާތް:  ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން 

ކޯސް ފަށާ ތާރީޚު: 17 ނޮވެންބަރު 2024 (އާދީއްތަ)

ކޯސް ނިމޭ ތާރީޚު: 21 ނޮވެންބަރު 2024 (ބުރާސްފަތި)

ކޯސް ފީ:  ހިލޭ

ބައިވެރިވާން އެދޭ ފޯމް

- ސަރުކާރުގެ އެކިއެކި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވާން އެދޭ  މުވައްޒަފުން، ކޯހުގައި  ބައިވެރިވާން އެދޭ ގޫގުލް ފޯމު ތިރީގައިވާ ލިންކު މެދުވެރިކޮށް، 2024 ނޮވެންބަރު 12 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަކުރުމަށް ފަހު، މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.

ފޯމު:

https://docs.google.com/forms/d/e/1FAIpQLSfpqWKXbL2pH75skaApnpfLQPu5FwJAqB3qhXcrZOECDGBn9w/viewform?vc=0&c=0&w=1&flr=0

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ 7986230 އާ ގުޅުން އެދެމެވެ.

 

28 އޮކްޓޫބަރު 2024