މަސައްކަތް
ނަންބަރު: GS57/2024/09
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 06 ނޮވެންބަރު 2024 00:00
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
2025ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

01 ޖެނުއަރީ 2025އިން ފެށިގެން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  1. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 އޮކްޓޯބަރ 2024ން 06 ނޮވެމްބަރ 2024ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށައެޅޭނީ މި މިފޯމުގައި ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރެޖިސްޓްރީ ފޯމް" ލިންކު: https://forms.gle/Xgc7ehWCpxZGDXEn8

  1. މައުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރ 07ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިއުލާނުގެ 6ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 14ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލުގެ ލައިބްރަރީ ގައެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

ފޯން:  6580097 / 6580047

އީމެއިލް: [email protected]

ކޮޕީ: [email protected]

28 އޮކްޓޫބަރު 2024