ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)283-BF/283/2024/81
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 05 ނޮވެންބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސް އަދި ގަސްކާނާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުނަދޫ ގެ އެކިހިސާބުތަކުގައި އިންދުމަށް ބޭނުންވާ ގަހާއި އެއަށްބޭނުންވާނެ ގަސްކާނާ ފޯރުކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.‏
  2. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 05 ނޮވެމްބަރ 2024 އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  4. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު އެއް އުރަ ކުރެވިފައިވާނެއެވެ.‏
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      7926232

އީމެއިލް:    [email protected]

28 އޮކްޓޫބަރު 2024