ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2024/9
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:16
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Ichor Biologicals Ltd އިން އުފައްދާފައިވާ Normal Immunoglobulin for Intravenous Use BP 5% (Immuglo) ގެ ބައެއް ބެޗްތަކުން ކޮލިޓީ މައްސަލަތަކެއް ފެނިފައިވާ އެކަމާއި ގުޅޭތީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތު

 މާލެ،   ދިވެހިރާއްޖެ

     (IUL)182-REG/23/2024/9 :ނަންބަރު

އެލާރޓް

 

    އިންޑިއާގެ ބޭސް އުފައްދާ ކުންފުނި Ichor Biologicals Ltd އިން އުފައްދާފައިވާ     Normal Immunoglobulin for Intravenous Use BP 5% (Immuglo) ގެ ތިރީގައިމިވާ ބެޗްތަކުން  ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީ، ސްރީލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ، ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އިންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.  

    މިކަމާއި ގުޅިގެން މިއޮތޯރިޓީއިން ބެލިބެލުމުން،Ichor Biologicals Ltd, India  އަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ކުންފުންޏެއް ނޫނެވެ. ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މިބޭހުގެ އެއްވެސް ބެޗެއް، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.

    ނަމަވެސް، އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަކީ، ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް މިގައުމުތަކުން ބޭސް އިމްޕޯޓްކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

ބޭހުގެ ތަފްސީލް
ބޭހުގެ ނަން Normal Immunoglobulin for Intravenous Use 5% BP (Immuglo)
ބެޗް ނަންބަރުތައް IG24002AD, IG24001AD, IG24004AD, IG24003AD

   އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.    

28 އޮކްޓޫބަރު 2024