ދިވެހިރާއްޖެ
އޮފީސް، ކުންފުނި އަދި ރިސޯޓް ތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ތާވަލު ކުރެވިފައިވާ 9 ވަނަ އިންޓަރ އޮފީސް ، ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޙް އަށް ބަދަލެއް ގެނެވިފައިވާތީ ދަންނަވެމެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގައި ކަމަށްވާތީ މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެނެނެވީމެވެ. އަދި މުބާރާތުގެ ޑްރޯ މީޓިންގ / މެނޭޖާސް މީޓިންގ މިހާރު ތާވަލު ކުރެވިފައިވަނީ 03 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 އަށް ޓީޓީއޭއެމް އޮފީހުގައިކަންވެސް ދެންނެވީމެވެ.
ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.