މަސައްކަތް
ނަންބަރު: IL-PRC/2015/44
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި:
06 ޖުލައި 2015 11:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
'އަހަރީ ރިޕޯޓް 2014' ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ "އަހަރީ ރިޕޯޓް 2014" ޕްރިންޓް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާއެއް ތިރީގައި މިވަނީއެވެ:-
- "އެނުއަލް ރިޕޯޓް 2014" ޕްރިންޓްކޮށް ގްލޫ ބައިންޑްކޮށްދިނުން.
- މެޓް (ގްލޮސީ ނޫން) އާޓް ޕޭޕަރގައި (ގާތްގަނޑަކަށް gsm250) ބޭރުގަނޑު ކުލަކޮށް ޕްރިންޓްކުރުން.
- އެތެރެގަނޑުތައް (ގާތްގަނޑަކަށް gsm80) އާޓް ޕޭޕަރގައި ކުލަކޮށް ޕްރިންޓް ކުރުން.
- އެތެރެ އަދި ބޭރުގަނޑުތަކެއް ބްލީޑް ލައިގެން ޕްރިންޓް ކުރުން.
- މި ދެންނެވި ކޮލިޓީގެ އާޓްގަނޑު ނޫނަސް، މި ފަދަ އާޓްގަނޑާ ކޮލިޓީގެ ގޮތުން އެއްވަރު ގަނޑުގައި ޕްރިންޓްކުރަން ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލްވެސް ބަލައިގަނެވޭނެއެވެ.
- ޕްރިންޓް ކުރަން ބޭނުންވާ ސައިޒް: A4ސައިޒް
- ޕްރިންޓް ކުރަން ބޭނުންވާ އަދަދު: 150 ކޮޕީ.
- ޞަފްޙާގެ އަދަދު: 172 ޞަފްޙާ (އެތެރެ އަދި ބޭރު ކަވަރ ލައިގެން).
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
06 ޖުލައި 2015 |
ހޯމަ |
11:30 |
އަންދާސީހިސާބު ހުށަހެޅުން |
12 ޖުލައި 2015 |
އާދީއްތަ |
11:30 |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
12 ރަމަޟާން 1436
29 ޖޫން 2015