ދިވެހިރާއްޖެ
މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2024/111 އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ބީލަން ކަޝަވަރުކުރުމަށް ބޭނުންވާ ވަރަށް ޕޮއިންޓް ލިބިފައިނުވާތީ ތިން ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
1- ކެންޓީނު ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 27 އޮކްޓޯބަރ 2024 އިން ފެށިގެން 05 ނޮވެމްބަރ 2024 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.
2- ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 ނޮވެމްބަރ 2024ވާ ބުދަ ދުވަހުގެ 10:00ގައި މިސްކޫލްގެ ކޮންފަރެންސް ރޫމު ގައެވެ.
ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
2.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2.2- ރަޖިސްޓްރީ ނަންބަރު.
2.3- އީމެއިލް އެޑްރެސް.
2.4- ގުޅޭނެ މޯބައިލް ނަންބަރު.
3- ކެންޓީނު ކުއްޔަށްހިފުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ނޮވެމްބަރ 2024ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2024ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައިމިސްކޫލްގެ ކޮންފަރެންސް ރޫމްގައެވެ.
5- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]
6- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
7- މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.