ދިވެހިރާއްޖެ
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ މަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކަރަންޓް ވަޔަރު ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
- ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި
ބިޑް ހުށަހަޅުއްވަންވީގޮތް
މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑްތައްޔާރުކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި ހުންނަންވާނެއެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ށ.މިލަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކަރަންޓް ވަޔަރުކުރުމާ ގުޅޭ އިޢުލާނު ނަންބަރު: IUL)438-PPS/1/2015/82)
ޕްރީ ބިޑް ބައްދަލުވުން
މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޯޑިޓޯރިއަމްގައާއި، ށ.މިލަންދޫގެ ކައުންސިލް އިދާރާގެ އޮފީހުގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޯޑިޓޯރިއަމް ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 12:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.