ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-WMPC/438/2024/479
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 05 ނޮވެންބަރު 2024 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ޕްރޮކިޔުމަންޓް އެސިސްޓެންޓް

(IUL)438-WMPC/438/2024/479:ނަމްބަރު

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ޕްރޮކިޔުމަންޓް އެސިސްޓެންޓް 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ ޕްރޮކިޔުމަންޓް އެސިސްޓެންޓްގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ޕްރޮކިޔުމަންޓް އެސިސްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ޕްރޮކިޔުމަންޓް ޕްލޭންގައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް، ޑޯނަރ އެޖެންސީގެ (ވަރލްޑް ބޭންކް) އިރުޝާދާއި ދިވެހި ދަޢުލަތުގެ މާލިއްޔަތު ޤަވައިދާއި އެއްގޮތްވާގޮތުގެމަތިން، މަޝްރޫޢުގެ ޕްރޮކިޔުމަންޓްގެ އެންމެހާ މަސައްކަތްތައް ޕްރޮކިޔުމަންޓް ސްޕެޝަލިސްޓްގެ ލަފާޔާ އެކު ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް  މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ޕްރޮކިޔުމަންޓް އެސިސްޓެންޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

1)  ޕްރޮކިޔުމަންޓް، ބިޒްނަސް މެނޭޖްމެނެޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އެކައުންޓިން އެންޓް ފައިނޭންސް ނުވަތަ މަސައްކަތާއި ގުޅޭދާއިރާއަކުން ބެޗްލާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުން

2)ޕްރޮކިޔުމަންޓް، އެޑްމިނިސްޓްރޭޝަން އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ ކޯޑިނޭޝަން ދާއިރާއިން 3 އަހަރު ދުވަހު އަމަލީ ތަޖުރިބާ ލިބިފައިވުން.   

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަލުން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ.

މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.  

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

މަޤާމުގެ ނަން

ޢަދަދު

މުއްދަތު

މަހު މުސާރަ

ޕްރޮކިޔުމަންޓް އެސިސްޓެންޓް

1

 މުއްދަތު ކަނޑައެޅޭނީ އެމް.ސީ.އީ.ޕީ ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރެވޭ ތާރީހަށް ބަލާފައިއެވެ. ( ލަފާކުރެވޭ މުއްދަތު: 8 މަސް)

 18,000އާއި 22,400 (ދިވެހިރުފިޔާ) ދެމެދުގެ މުސާރައެއް

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 05 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ގެ ސަބްޖެކްޓްގެ ގޮތުގައި : “Job Application- Procurement Assistant- MCEP” ލިޔެވިފައި ފޮނުއްވުން އެދެމެވެ.

އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީ،

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018451

27 އޮކްޓޯބަރ 2024

27 އޮކްޓޫބަރު 2024