މަސައްކަތް
ނަންބަރު: GS-125/IUL/2024/17
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 14 ނޮވެންބަރު 2024 13:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

2025 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

          2025 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް 27 އޮކްޓޯބަރ 2024 ން 29 އޮކްޓޯބަރ 2024 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.

1. ކުންފުނީ/ވިޔަފާރީގެ ނަން

2. ފޯންނަމްބަރ

3. އީމެއިލް އެޑްރެސް

ބީލަމާއި ގުޅޭ މަޢުލޫމާތުތައް، ބީލަމުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ އީމެއިލަށް ފޮނުވައިދެވޭނެއެވެ.

ބީލަމާއިގުޅިގެން އެއްވެސް ސުވާލެއް ވާނަމަ 31 އޮކްޓޯބަރ 2024 ވާ ބުރަސްފަތި ދުވަހުގެ 12:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުވައިދެއްވުން އެދެމެވެ.

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

2024 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00ށް

2024 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00ށް

 

 

 

 މިކަމަށްއެދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި ''2025ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި'' މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މިސްކޫލްގެ އޮފީހުގައި އޮންނާނެއެވެ.

މިޚިދުމަތް ދިނުމަށްއެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު (2014/19)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމް ސްކޫލު

ފޯން: 6580357   މޯބައިލް: 9123023 / 7568333

އީމެއިލް: [email protected]

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                             27 އޮކްޓޯބަރ 2024

27 އޮކްޓޫބަރު 2024