ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0016
ޕަބްލިޝްކުރި ތާރީޚް: 01 ޖަނަވަރީ 1970
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 12 ޖުލައި 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޓެކްނީޝަން ޓްރެއިނީ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ކުންފުނިން އިއުލާންކޮށްފައިވާ ޓެކްނީޝަން ޓްރެއިނީގެ މަޤާމަށް އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ، އިޢުލާން ނަންބަރު AIA-D1/IL/2015/0013  ބާޠިލުކޮށްފައި، އެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޓެކްނީޝަން ޓްރެއިނީ

މަސައްކަތް ކުރަންޖެހޭ ތަން:

ގަން އިންޓަރނޭޝަނަލް އެއާޕޯޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް ޑިއުޓީ

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން، ކެއުމުގެ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ހިސާބު، ފިޒިކްސް، އިނގިރޭސި މާއްދާއިން ފާސްވެފައިވުން ނުވަތަ ހައި ސްކޫލް އިލްކްޓްރޯނިކްސް އިންޖިނިއަރިންގ ޑިޕްލޮމާ ކޯސް ފުރިހަމަކޮށްފައިވުން. އަދި/ނުވަތަ؛
  • ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމް އިން އިލެކްޓްރޯނިކްސް އިންޖިނިއަރިންގ ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • ޓެކްނިކްލް މެނުއަލްސް ކިޔަން ދަންނަ މީހަކަށްވުމާއެކު، ވޯކް ލޮގްސް ކިޔަން އެނގުން. 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ސީނިއަރ ޓެކްނީޝަންގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކޮށް، ކުރަންޖެހޭ މަސައްކަތްތައް ވަކިވަކިން ޑޮކިއުމެންޓްކޮށް ބެލެހެއްޓުމާއި، އޮފީހުގެ އިސް މީހާއަށް އޮފީހުގައި ކުރެވޭ މަސައްކަތުގެ މަޢުލޫމާތު ގަވާއިދުން ދިނުން.
  • މަސައްކަތައް ބޭނުންވާ ތަކެތި ހޯދުމަށް ރިމޯޓް ޓެކްނިކަލް ސައިޓްސްތަކަށް ދަތުރުކުރުން.
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުރިއަރައިގެންދާފަދަ ޓެކްނިކަލް ޖާނަލްސް އަދި ސިސްޓަމް މެނުއަލްތަކާބެހޭ މަޢުލޫމާތު އިންޓަނެޓުން ހޯދައި ދަސްކުރުން.
  • ތަކެތި މަރާމާތުކުރުމަށް ގެންގުޅޭ މެނުއަލްތަކާއި ޑޮކިއުމެންޓްތައް ބެލަހައްޓައި، އެރޯނޮޓިކަލް ކޮމިއުނިކޭޝަން، ޑާޓާ، ވޮއިސް ކޮންޓްރޯލް، މޮނީޓަރިންގ، ވީޑިއޯ ކޮމިއުނިކޭޝަންސްގެ އިކުއިޕްމެންޓްތަކާއި ޑިޓެކްޝަން ސިސްޓަމްތައް ބެލެހެއްޓުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިބަހުން ފަރިތަކަމާއެކު ރަނގަޅުފެންވަރެއްގައި މުޢާމަލާތުކުރަން އެނގުން.
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުން.

 

 

ހުށަހަޅަންޖެހޭ ލިއުންތައް

- ތަޢުލީމީ ސެޓްފިކެޓްތަކާއި، ފަންނީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ޕޮލިސް ރިޕޯޓް

- ޕާސްޕޯޓް ސައިޒް ފޮޓޯ

ސުންގަޑި:

2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 16:00 ކުރިން.

އިންޓަވިއު:

އިންޓަވިއު އަށް ދަޢުވަތު ދެވޭނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

 

ލިއުންތައް ހުށަހަޅާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898515   

އީމެއިލް: [email protected]

 

01 ޖަނަވަރީ 1970